ހުއްދަ ނެތި، ކޮމްޕިއުޓަަރުތަކާއި، ޑޭޓާބޭސްތަކަށް އެކްސެސްވުމާއި ސައިބަރ ކްރައިމްގެ ކުށްތައް ކަނޑައަޅައި ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހަށް ބަހުސް ފަށައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒުއެވެ.
އިސްލާހުގައި ހިމަނާފައިވާ ކުށްތައް:
- ހުއްދަ ނެތި ކޮމްޕިއުޓަ ސިސްޓަމަކަށް އެކްސެސްވުން
- ކުށެއް ކުރުމަށް މަގުފަހި ކުރުމުގެ ނިޔަތުގައި ހުއްދަ ނެތި ކޮމްޕިއުޓާ ސިސްޓަމަކަށް އެކްސެސްވުން
- ހުއްދަ ނެތި ކޮމްޕިއުޓަ ޑޭޓާ އިންޓަސެޕްޓް ކުރުން
- ހުއްދަ ނެތި ކޮމްޕިއުޓަ ސިސްޓަމަކަށް އިންޓަފިއާ ކުރުން
- ނަހަމަ ގޮތުގައި ޑިވައިސްތައް ބޭނުން ކުރުން
- ސައިބާ ވަޔަލަންސްގެ އަމަލުތައް
- ކޮމްޕިއުޓަރާ ގުޅުން ހުރި ފޯޖަރީގެ އަމަލުތައް
- ކޮމްޕިއުޓަރާ ގުޅުން ހުރި އޮޅުވާލުމުގެ އަމަލުތައް
- ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް
އެފަދަ ކުށަކަށް އަރައިގެންފި ނަމަ އަހަރަކަށްވުރެ ގިނަ ދުވަހަށް ޖަލަށްލުމުގެ އަދަބު ކަނޑައެޅުމަށް ވެސް އެ އިސްލާހުގައި ވަނީ ހުށަހަޅައިފަ އެވެ.
ނަމަވެސް މި އިސްލާހުގައި އިސްތިސްނާތަކެއްވެސް ހިމަނާފައިވެއެވެ.
އެގޮތުން ކޯޓު އަމުރެއްގެ ދަށުން ނުވަތަ ގާނޫނަކުން ބާރު ލިބިގެން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން، އެ ކޯޓުގެ އަމުރުގައި ނުވަތަ ހުއްދައިގައި ބަޔާންކުރާ ގޮތުގެމަތިން ކޮމްޕިއުޓަކަރަށް ނުވަތަ ޕްރޮގްރާމަކަށް ނުވަތަ ޑޭޓާއަކަށް ނުވަތަ އެއިން އެއްޗެއްގެ ވަކި ބަޔަކަށް އެކްސެސް ވުމަކީ ކުށެއް ކަމުގައި ނުބެލެވޭނެ ކަމަށް ވަނީ ހިމަނައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު