ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޗައިނާގެ ރައީސް ކަމަށް ޝީ ޖިންޕިން ތިން ވަނަ ދައުރަކަށް ހޮވިވަޑައިގަތުމާ ގުޅިގެން، ޝީ ޖިންޕިންއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުގައި އެ މަޖިލީހުގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ޝީ ޖިންޕިން ފަސް އަހަރުގެ ތިންވަނަ ދައުރަކަށް ހޮަވައިފައެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން މިއަދު ބުނީ، ރައީސް ސޯލިހު އިއްޔެ ޗައިނާގެ ރައީސަށް ފޮނުއްވި މެސެޖުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

މިކަން ރައީސް އޮފީހުން އަދި ހާމަކޮށްފައެއް ނުވެއެވެ.