އުރީދޫ މޯލްޑިވްްސްގެ އެހީގައި ކަޅުތުއްކަލާކޮށިގައި ޖިމެއް ހުޅުވައިފިއެވެ.
"ސެނަފިޓް ސެންޓާ"ގެ ނަމުގައި އެ ޖިމް ހުޅުވައިދެއްވީ ރޭ ކަޅުތުއްކަލާކޮށިގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން ފާތިމާ އަލް ކުވާރީއެވެ.
އެމްއެންޑީއެފުން ބުނީ، އުރީދޫގެ އިޖުތިމާއީ ޒިންމާގެ ދަށުން ގާއިމުކުރި ސެނަފިޓް ސެންޓަރަކީ ސިފައިންގެ ގިނަ ބަޔަކަށް އެއްފަހަރާ ޖިމް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށާއި އަދި ކުރިން ޖިމުން ލިބެން ނެތް އާ ވަސީލަތްތައް ސިފައިންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ހެދި ތަނެއް ކަމަށެވެ.
މި ޖިމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހާމާދީއާއި ސިފައިންގެ ޖެނެރަލް އޮފިސަރުންގެ އިތުރުން އުރީދޫ މޯލްޑިވްސްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު