ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަންހެނުންގެ ދުވަހާ ގުޅުވައިގެން ކޯޑިން އަދި އިންޖިނިއަރިން ޕްރޮގްރާމެއް ފަށަން ތައްޔާރުވެއްޖެއެވެ.
ބީއެމްއެލުން ބުނީ އީޖާދީ އަދި ޓެކްނޮލޮޖީގެ ދާއިރާގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އަންހެނުންގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ 12 އަހަރާއި 14 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް ކަމަށާއި މި ޕްރޮގްރާމުގައި ޖުމުލަ 30 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ދޭނެ ކަމަށެވެ.
ފޯލޫޕް ކޯޑިން އެކަޑަމީން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ވިޝުއަލް ބްލޮކްސް ބޭނުންކޮށްގެން ގޭމް ޑިވެލޮޕްކުރުން، ޕައިތަން ބޭނުންކޮށްގެން އެޕް ޑިވެލޮޕްކުރުމާއި ބްލޫޓޫތް ކޮންޓްރޯލް ރޮބޮޓް ހެދުން ފަދަ ކަންކަން ދަސްކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.
މި އަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރަކީ ޑިޖިޓަލް މާހައުލުތަކުގައި އަންހެނުން ބާރުވެރިކުރުވާ ސްޓެމް ދާއިރާއިން ވަޒީފާގެ ފުރުސަތުތައް މަގުފަހިކުރުމެވެ.
އެކަން ހާސިލުކުރުމަށްޓަކައި ކުޑަކުދިން އެ ދާއިރާއަށް ޝައުގުވެރިކަން އުފެއްދުމާއި ޓެކްނޮލޮޖީގެ ދާއިރާއިން އަންހެން ކުދިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަކީ މުހިންމު ކަމެއް ކަމަށް ބީއެމްއެލުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު