ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ ބައްދަލުކުރައްވައިފި އެވެ.
ރައީސް ސޯލިހް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ ބައްދަލުކުރެއްވީ ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދާ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ އދ.ގެ ފަސްވަނަ ކޮންފަރެންސްގެ ހަވާސާގައެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފަލަސްތީނުގެ ރައީސްއާ ބައްދަލުވެވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ޝަރަފަކާއި އުފަލެއް ކަމަށެވެ. އަދި ރާއްޖެ އާއި ފަލަސްތީނުގެ ޒަމާންވީ ގުޅުން ދެމި އޮންނާނެ ކަމަށާއި ފަލަސްތީނަށް އެއްބާރުލުން ދިނުމުގައި ރާއްޖެ އޮންނާނެކަމުގެ ޔަގީންކަން ދެއްވާފައިއިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ފަލަސްތީނުގެ ރައީސްއާ ބައްދަލުކުރެއްވިއިރު، ދިވެހި ސަރުކާރުން މީގެ ކުރިން ވަނީ، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، ފަލަސްތީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކުރުމަށް ގޮވާލައިފައެވެ.
ފަލަސްތީނުން މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ރާއްޖެއިން ވަނީ 1974 ވަނަ އަހަރުން ފެށިގެން އިޒްރޭލާ ގުޅުން ކަނޑާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު