ވޭތުިވެދިޔަ ސަރުކާރުތަކުން، އިންތިހާބުތަކަށް އަމާޒު ކޮށްގެން ކަންކަން ކުރި ނަމަވެސް، އެމަނިކުފާނު މަޝްރޫއުތައް ކުރިއަށް ގެންދަވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއީ އެންމެ މުހިއްމު ކަމުގައި ދެކިވަޑައިގެންނޫންކަމަށް ރައީސުލްޖުމްހޫރއިްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ތ. ހިރިލަންދޫއަށް ވަޑައިގެން އެރަށުގައި ގާއިމު ކުރި، ފެނަކަ ހިރިލަންދޫ އާ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ގައުމު ތަރައްގީވާނީ ރައްޔިތުން ތަރައްގީވެގެންކަމަށެވެ. އަދި "ރައްޔިތުން ތަރައްގީވާނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުރަތަމަ ފޯރުކޮށްދެވިގެން ރަށްރަށުގައި އާއިލާއާ އެކީގައި ހަމަޖެހިގެން އުޅެވޭނެ ގޮތްތަކެއް ހަދައިދީގެން،" ކަމަށްވެސް ވިދާޅުވިއެވެ.
މީގެކުރީ ސަރުކާރުތަކުން ކުރަން ފަށާފައިހުރި މަސައްކަތްތަކުން ފެންނަނީ، ކޮންމެ ފަސް އަހަރަކުން އަންނަ އިންހާބަށް ތައްޔާރުވަމުންދިޔަތަން ކަމަށްވެސް ވިދާޅުވިއެވެ. ރާއްޖެއަށް ލިބެމުންއަންނަ އާމްދަނީ އާ އަޅައިބަލާއިރު ރާއްޖެ ތަރައްގީވާންވީ ވަރަށް ނުވެއޮތީ އެހެންވެގެން ކަމަށްވެސް ވިދާޅުވިއެވެ.
"ކުރިއަށް އޮތް އިންތިހާބު އެއީ ރިޔާސީ އިންތިހާބު ކަމަށްވިޔަސް އެ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ބޭނުންވާ ދިމަދިމާއަށް ކުރަންޖެހޭ ކަންތައްތައްކުރުން އެއީ މި ވޭތުވެދިޔަ ތަނުގައި ސަރުކާރުތަކުން ކަން ކުރަމުންއައިސްފަ އޮތް ގޮތް، ނަތީޖާއަކީ ރާއްޖެއަށް މި ލިބެމުން އަންނަ އާމްދަނީ އާ އަޅައި ބަލާއިރު ރާއްޖެ ތަރައްގީވާންވީ ވަރަށް ނުވެ އޮތުން،"
ނަމަވެސް އެކަމުގައި އެމަނިކުފާނުގެ ސަރުކާރުގެ ވިސްނުން ތަފާތުކުރައްވައި، މަސައްކަތްތައް ރާވައި ކުރިއަށްގެންދަނީ، ކޮންމެހެން ކުރިއަށް އޮތް ރިޔާސީ އިންތިހާބު، ނޫނިއްޔާ މަޖިލީހުގެ އިންތިހާބު އެއީ އެންމެ މުހިއްމު ކަމުގެ ގޮތުގައި ދެކިގެން ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރަށްރަށުގައި ރައްޔިތުންނަށް ބޭނުންވެފައި ހުރި އަސާސީ ހިދުމަތްތަކަކީ ދާދި ފަހަކާ ޖެހެންދެން ވެސް ނުކުރެވި ފުނިޖެހިފައި ހުރި ކަންތައްތައް ކަމަށެވެ.
"އެއީ ފެނާއި ނަރުދަމާ ކަމަށްވިޔަސް ކަރަންޓް ކަމަށްވިޔަސް، ލަފާފުރުން ކަމަށްވިޔަސް، ސިއްހީ ހިދުމަތް ކަމަށްވިޔަސް، އަދި ދަރިންނަށް ތައުލީމު ފޯރުކޮށްދިނުން ކަމަށްވިޔަސް، މިއީ ރާއްޖޭގެ އަތޮޅު ތަކުގެ ގިނަ ރަށްރަށުގައި ނުކުރެވި ފުނިޖެހިފައި ހުރި މަސައްކަތްތައް، އަޅުގަނޑުމެން 2018 ވަނަ އަހަރު މިރަށާއި ރާއްޖޭގެ އެކި ރަށްރަށަށް ކުރި ޒިޔާރަތުގައި އެތަން ލޮލުން ދެކި ރަށްރަށަށް ބޭނުން ވެފައިހުރި ތަރައްގީ ގެނައުމަކީ ކޮންމެހެން ކުރަންޖެހި ފައިހުރި ކަންތައްތަކެއްކަމުގައި ގަބޫލު ކުރެވުނު،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު