ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް 2022 ޖޫން 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުން ގެންދިޔަ މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ މާދަމާ ސުވާލުކުރަން މަޖިލިސް ޖަލްސާގައި އެޖެންޑާ ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި އެކަމާބެހޭގޮތުން މިނިސްޓަރު މަހުލޫފާ ސުވާލު ކުރެއްވުމަށް ހަމަޖެހިފައި ވަނީ، ނޮޅި ވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ އެވެ.
މެންބަރު ނަޝީދު މިނިސްޓަރާ ސުވާލު ކުރެއްވުމަށް ހަމަޖެހިފައި ވަނީ، އިންޑިއަން ހައިކޮމިޝަން އަދި އިންޑިއަން ކަލްޗަރަލް ސެންޓަރާ ގުޅިގެން އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތަކީ ރާއްޖޭގެ ގާނޫނާއި ގަވާއިދަށް ފުށުއަރާ ހަރަކާތަކަށް ވީތީ އާއި ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ރައްޔިތުންގެ ކަންބޮޑުވުން ފާޅުކުރަމުންދިޔަ އިރު، އަދި އެތަކެއް ޒުވާނުންތަކެއް އެތަނުގައި މުޒާހަރާ ކުރާނެކަން އެނގި ހުރެ އެތަނަށް ބޭރުގެ ޑިޕްލޮމެޓުން ގެނައީ ކޮން ބޭނުމަކުތޯ އޮޅުން ފިލުވުމަށެވެ.
އެދުވަހު ބޭއްވި ޔޯގާ ހަރަކާތަށް ހުރަސް އަޅައި، ހިންގި ހަމަނުޖެހުމުގައި ބައެއް މީހުންނަށް އަނިޔާވެ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
އެ މައްސަލައިގައި އެތައް ބަޔަކު ފުލުހުން ހައްޔަރު ކުރިއެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ވަނީ ދައުވާކޮށްފައެވެ.
އޭގެ ތެރެއިން ހަތް މީހެއްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މިމަހު ފަހެއްގައިވެސް ކުރިމިނަލް ކޯޓުގައި ވަނީ ބާއްވައިފައެވެ.
- މުހައްމަދު ޛިލްޔަން, މއ. ކަނުހުރާ
- ހަސަން ޝިފާޒު, ކުދެހިގެ
- އަބްދުالله ރިފާއު, ތ. ތިމަރަފުށި, ނަރުގިސް
- އަބޫބަކުރު ފާރިއު, ނ. މިލަދޫ, ކާނޭޝަންމާގެ
- އަހުމަދު އަކްސަމް, ރ. ކަނދޮޅުދޫ, އަލަމާގެ
- އަހުމަދު ނަސޫހް, ގއ. މާމެންދޫ, އަސްރަފީވިލާ
- ޝަބިމް އާދަމް, ފ. ދަރަނބޫދޫ, އާބާދީގުލްޝަން
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު