ހައްޖަށް މީހުން ގެންދަން މިއަހަރު ރާއްޖެއަށް ލިބުނީ 1،000 ކޯޓާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޒާހިރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސައުދީ ސަރުކާރުން ރާއްޖެއަށް ރަސްމީކޮށް ހަމަޖައްސައިދީފައި ވަނީ 1،000 މީހުންގެ ޖާގަ ކަމަށާއި ނަމަވެސް އަދަދު އިތުރުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދަން 1،000 ކޯޓާ ލިބިފައިވާއިރު މިދިޔަ އަހަރު ރާއްޖެއަށް ލިބުނީ، 453 ކޯޓާއެވެ.
ސައުދީ ސަރުކާރުން ބުނެފައިވާ ގޮތުގައި މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ކަންތައް ކުރިއަށް ގެންދަން ހަމަޖައްސާފައިވަނީ، ކޮވިޑްގެ ކުރިން އޮތް އާއްމު އުސޫލުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު