އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ މަގުގެ އެންމެ އިރުން ފެށިގެން ފުރަތަމަ ތިން ސެގްމަންޓުގައި އެންމެ ރެއަކުން ތާރު އަޅައި ނިންމާލައިފިއެވެ.
އާރުޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ތިން ސެގްމަންޓުގައި (އެންމެ އިރުން ފެށިގެން ސްޓެލްކޯއާ ހަމައަށް) ތާރު އެޅުމުގެ މަސައްކަތް އެ ކުންފުނިން ހަވާލުކުރީ އެމްޓީސީސީއާ އެވެ.
އެ މަސައްކަތް ރޭ އެއްކޮށް ނިންމާލި އިރު، މަސައްކަތް ފެށީ ރޭ އަށެއް ޖަހާކަންހާއިރެވެ.
ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 3 ޖުލައި 2022ގަ އެވެ. އެއީ 210 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އަގަކީ 84.41 މިލިއަން ރުފިޔާއެވެ. އަމަލީ މަސައްކަތް ފެށީ އެ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ.
މި މަސައްކަތް ހަތް މަސް ދުވަސް ތެރޭގައި ނިންމަން އެއްބަސްވި ނަމަވެސް، މަސައްކަތް ނުނިންމުނެވެ. އެހެންވެ ޕްލޭނިން މިނިސްޓްރީން މިހާރު ވަނީ މަސައްކަތް ނިންމަން ދީފައިވާ މުއްދަތު ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު