"ގްރީން ޕާޓީ އޮފް މޯލްޑިވްސް" (ޖީޕީއެމް) ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދަން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ހުއްދަ ދީފިއެވެ.
އީސީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، "ގްރީން ޕާޓީ އޮފް މޯލްޑިވްސް"ގެ ނަމުގައި ޕާޓީއެއް އުފައްދަން ޖާބިރަށް ހުއްދަ ދީފައިވާ ކަމަށެވެ.
ޖާބިރު މީގެ ކުރިން "ވަން" އަށް ވިދާޅުވި ގޮތުގައި ގްރީން ޕާޓީން ބޮޑަށް މަސައްކަތްކުރާނީ ސިޔާސީ ކަންކަމާއެކު، ތިމާވެއްޓާ ގުޅުން ހުރި ދާއިރާތަކުން ކަމަށެވެ. ގްރީން ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވަން ޖާބިރު ނިންމަވާފައި މިވަނީ، އޭނާ ލީޑަރުކަން ކުރެއްވި، ޑީއާރްޕީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމުމާއެކުގައެވެ.
ޑީއާރްޕީ އުވާލަން އީސީން ނިންމުމުން ޖާބިރު ވަނީ ޑީއާރްޕީގެ ލީޑަރުކަމުން އިސްތިއުފާދެއްވައި މެންބަރުކަމުން ވަކިވެވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު