ކޮކާ-ކޯލާގެ ކުންފުނިން އުފައްދާ ބުއިންތަކާއެކު އެ ކުންފުނިން އުފައްދާ ބޮނަކުއާ ފެންފުޅިއެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަނުގެ ދަށުން ގަންނަ ކޮންމެ ކޮކާކޯލާ، ކޮކާ ކޯލާ ޒީރޯ ޝުގާ، ސްޕްރައިޓް، ފެންޓާ އޮރެންޖް އަދި ފެންޓާ ސްޓްރޯބެރީގެ 1.25 އަދި ދެ ލީޓަރުގެ ފުޅިއަކާއެކު 1.5 ލީޓަރުގެ ބޮނަކުއާ ފެންފުޅިއެއް ހިލޭ ލިބޭނެއެވެ.
ބޮނަކުއާ ފެނަކީ ކޮކާކޯލާ ކުންފުނިން ރާއްޖޭގައި އުފައްދާ ފެނެކެވެ.
ކޮކާ ކޯލާ ކުންފުނިން ބުނި މި ދުވަސްވަރަކީ ހޫނު ގަދަވަމުންދާ ދުވަސްވަރަކަށްވާ އިރު، ފެން ބޯ މިންވަރު އިތުރުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން އެ ކުންފުނީގެ ޕްރޮމޯޝަނުގެ ބޭނުން ހިފައި ގަންނަ ބުއިމާއެކު ލިބޭ ފެން ފުޅި ބުއިމަށް އެ ކުންފުނިން ވަނީ އެދިފައެވެ.