ބ. ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތާއި އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.
ޖުމުލަ 47.01 މިލިއަން ރުފިޔާގެ މި މަޝްރޫއު ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.
މި މަޝްރޫއުގެ ދަށުން 30،933 ކިއު ބިކް މީޓަރުގެ ހާބާ ބޭސިން ފުންކުރުމާއި 5،085 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބާ ޗެނަލް ފުންކުރުމާއި 181 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި ލުމާއި 656 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 392 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި ޕޭވްމަންޓެއް ހެދުމާއި ސްކޯރިން އޭޕްރަންއެއް ހެދުމާއި ރޭމްޕެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު