އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި އިތުރު މީހަކު ވެގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގި ލޯނަކަށް ފައިސާ ނުދައްކައިގެން ބޭންކުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް، އެ ފައިސާ ދެއްކުމުން ނިޒާރުގެ މައްޗަށް އުފުލި ދައުވާ ބާތިލުކޮށްފިއެވެ.
ބޭކުން ޖުމުލަ 1,248,000 (އެއް މިލިއަން ދެ ލައްކަ ސާޅީސްއަށްހާސް ރުފިޔާ)ގެ ލޯނެއް މޭޔަރު ނިޒާރު ނަގާފައިވަނީ ބަންޑާރަ ގޯއްޗަކާއި ރެސްޓޯރަންޓެއް ރަހުނު ކުރުމަށްފަހުގައެވެ.
މޭޔަރު ނިޒާރާއި އޭނާގެ ޕާޓުނަރުގެ މައްޗަށް ބޭންކުން ދައުވާ ކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް ލޯނަށް ފައިސާ ދައްކަމުންނުދާތީ, އެ ފައިސާ ދައްކާ ހަލާސްކުރަން ދެން ރަހުނު އެގްރިމަންޓްގެ ދަށުން ލިބެންޖެހޭ އެންމެހައި ހައްގުތަކާއި ބާރުތައް ބާތިލު ނުވެ ދެމިގެންދާނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދިއެވެ.
ނަމަވެސް އެ ފައިސާ ދެއްކުމުން މިދިޔަ ބުރާސްފަތި ދުވަހު، ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ބޭންކުން ހޯދަން އެދިފައިވާ ފައިސާ ދައްކާ ހަލާސްކޮށްފައިވާތީ، މި މައްސަލައިގެ ދައުވާ ފޯމް ބާތިލުކޮށްދިނުމަށް މި މަހު އެއްވަނަ ދުވަހު ބޭންކުން އެދިފައިވާ ކަމަށެވެ.
އެހެންކަމުން މި މައްސަލައިގެ ދައުވާ ފޯމް ބާތިލުކުރީ ކަމަށް ހުކުމުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު