ޅ. އަތޮޅު ހޮސްޕިޓަލުގައި ޑައިލަސިސްގެ ހިދުމަތް މިއަދު ފަށައިފިއެވެ.
ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ޑައިލަސިސްގެ ހިދުމަތް ފަށާފައިވަނީ އެމްޑަބްލިޔުއެސްސީގެ ސީއެސްއާރުގެ ދަށުން އެ ހޮސްޕިޓަލުގައި ގާއިމުކުރި ޑައިލިސިސް ސެންޓަރުގައެވެ. މި ސެންޓަރުގެ މަސައްކަތް ނިންމައި ހަވާލުކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.
ޅ. އަތޮޅު ހޮސްޕިޓަލުން ބުނީ މިއީ ސަރުކާރުން ލާމަރުކަޒީ ސިއްހީ ނިޒާމެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތެއް ކަމަށެވެ.
އެ ހޮސްޕިޓަލުގެ ޑައިލަސިސް ސެންޓަރުގައި އެއްފަހަރާ ތިން މީހުންނަށް ފަރުވާ ދެވޭ ގޮތަށް ތިން އެނދު ބަހައްޓާފައިވާއިރު އެއް އައިސޮލޭޝަން ރޫމާއި ޑައިލިސިސް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ވަނީ ގާއިމުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު