މާލެއިން ގެއްލިގެން ހޯދަމުން ދިޔަ އަންހެން ކުއްޖާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުންދިޔައީ ތ. ދިޔަމިގިލި، އާގިސާމަންޒިލް، ޒީކް ބިންތި މުހައްމަދު ރިޔާޒު (15އ) އެވެ.

ފުލުހުން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، އެ ކުއްޖާ މިހާރު ފެނިފައިވާ ކަމަށެވެ. ނަމަވެސް އެ ކުއްޖާ ފެނުނު ތަނެއް ފުލުހުން ނުބުނެއެވެ.

ފުލުހުން މިއަދު މެންދުރު ކުރި ޓުވީޓެއްގައި ބުނީ ޒީކް މިދިޔަ ބުދަ ދުވަހުގެ 17:00 ހާއިރު ގެއިން ބޭރަށް ދިޔަގޮތަށް ގެއަށް އެނބުރި އައިސްފައިނުވާތީ އެކަން އެ ކުއްޖާގެ އާއިލާގެ ފަރާތުން މިދިޔަ ބުރާސްފަތި ދުވަހުގެ 18:17 ހާއިރު ފުލުހުންނަށް ހުށަހެޅި ކަމަށެވެ.