މާލެއިން ކުޑަކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ގެއްލުގެން ހޯދަމުންދަނީ، ތ. ދިޔަމިގިލި، އާގިސާމަންޒިލް، ޒީކް ބިންތި މުހައްމަދު ރިޔާޒު (15އ) އެވެ.

ފުލުހުން މިއަދު ބުނީ ޒީކް ހޯދަމުންދަނީ މިދިޔަ ބުދަ ދުވަހުގެ 17:00 ހާއިރު ގެއިން ބޭރަށް ދިޔަގޮތަށް ގެއަށް އެނބުރި އައިސްފައި ނުވާތީ ކަމަށެވެ. އަދި އެކަން ޒީކްގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ 18:17 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ޒީކް މިހާރު ދިރިއުޅެމުންދަނީ ކ. މާލެ، ގ. ތޯނީއައްސޭރި ގޭގައި ކަމާއި އެންމެ ފަހުން ފެނުނުއިރު ހުރީ ކަޅު ޝޯލެއް އަޅައި ހިތެއްގެ ބައްޓަން ކުރަހާފައި ހުރި ކަޅު ޓޮޕަކާއި އަޅި ކުލައިގެން ޖިންސެއް ލައިގެން ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.

ޒީކްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.