އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކ. އަތޮޅާއި އއ. އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރުފުޅެއް ފައްޓަވައިފިއެެވެ.
ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވީ ކ. ގުރައިދުއަށެވެ. އެ ރަށުގައި ރައީސް ވަނީ، ކ. އަތޮޅުގެ އެކި ދާއިރާތަކުގެ ކެމްޕޭން ޓީމުތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައި ދޮރުންދޮރަށް ހިންގަވައިފައެވެ.
ގުރައިދުއަށް ފަހު ރައީސް ސޯލިހު ދެން ވަޑައިގަންނަވާނީ ކާށިދުއަށެވެ. އެ ރަށުގައިވެސް އެ މަނިކުފާނު ދޮރުންދޮރަށް ހިންގަވައި އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވާނެއެވެ.
ރައީސް އަރިއަތޮޅަށް ދަތުރުތައް ފައްޓަވާނީ މިއަދު މެންދުރުފަހު ތޮއްޑުއިންނެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް ސޯލިހު އެންމެ ފަހުން ވަޑައިގަތީ ގއ. އަތޮޅަށާއި ގދ. އަތޮޅަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު