ޅ. ހިންނަވަރުގައި އިމާރާތްކުރާ 50 ރޯހައުސް އާއި 50 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފިއެވެ.
ހިންނަވަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުތަކުގެ ބިންގާ އަޅުވައިދެއްވީ ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު އަދި ހިންނަވަރު ކައުންސިލްގެ މެމްބަރުންނެވެ.
ހިންނަވަރުގެ ހައުސިން މަޝްރޫއުތަކުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ރައްޔިތުން މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދުގެ ކުންފުންޏެއް ކަމަށްވާ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ހަ ވަނަ ދުވަހުއެވެ. އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ވިޝާނެވެ. ދޮންބޭޒްގެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް އޮޕަރޭޝަންސް އަލީ ހަމްދޫނެވެ.
ހައުސިން މިނިސްޓްރީން އެ މަޝްރޫއު ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 83.8 މިލިއަން ރުފިޔާއަށް، އެއް އަހަރުން ނިންމާ ގޮތަށެވެ.
އެ މަޝްރޫއުގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 50 ރޯ ހައުސް އާއި 1،000 އަކަފޫޓުގެ އެއްބުރީގެ 50 ހައުސިން ޔުނިޓެވެ. އެއިން ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ސިޓިން ރޫމަކާއި ބަދިގެ އާއި ކާގޭގެ އިތުރުން ލޯންޑަރީ އަދި ސްޓޯ ރޫމެއް ހިމެނެއެވެ. އަދި އިމާރާތުގެ ވަށާފާރާއި ޔުނިޓުތައް ވަށައިގެން އަލިކުރުމާއި ހިތްފަސޭހަ މައިޒާނަކާއި ވެހިކަލް ޕާކުކުރާނެ ސަރަހައްދެއްވެސް ގާއިމުކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު