ހުޅުމާލޭގައި 300 ފްލެޓް އިމާރާތްކުރަން ގިނަ ބައެއްގެ އަތުން އެޑްވާންސް ފައިސާ ނެގި މައްސަލައިގައި، ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު، ވ. ތިނަދޫ ރެޑް ހައުސް އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) އަށްކުރާ ދައުވާތަކުގެ އަޑިއެހުމެއް މާދަމާ ބާއްވަން ތާވަލުކޮށްފިއެވެ.
މި އަޑުއެހުން ކުރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 1:00 އަށެވެ.
މި މައްސަލައިގައި ހިޔާނާތިގެ 42 ދައުވާއެއް އައްމަޓީއަށް ކޮށްފައިވާ އިރު، އެ ހުރިހާ ދައުވާތަކަށް އޭނާ ވަނީ އިންކާރުކޮށްފައެވެ.
ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސީލައިފްއާ އެކު އެޗްޑީސީން ސޮއިކޮށްފައި ވަނީ 13 މާޗު 2014 ގައެވެ. ދައުލަތުން ތުހުމަތު ކުރާ ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔުމަކާ ނުލައި އެތައް ރައްޔިތުންގެ އަތުން އޭނާ ވަނީ ފައިސާ ނަގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު