އެންމެފަހުގެ ވޯލްޑްކަޕުގައި ކެމެރޫނާ ދެކޮޅަށް ކުޅުނު މެޗުގައި ބްރެޒިލްގެ ކެޕްޓަންކަންކުރި ޑަނީ އަލްވެސް ސްޕެއިނުގައި ހައްޔަރުކޮށްފިއެވެ.
އުމުރުން 39 އަހަރުވީ އަލްވެސް ހައްޔަރުކުރީ ސްޕެއިނުގެ ބާސެލޯނާގެ ނައިޓް ކުލަބެއްގައި ހުސްވި ޑިސެމްބަރު މަހުގެ ތިރީސްވަނަ ދުވަހު އެތާގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައެވެ. އެ އަންހެންމީހާ ޝަކުވާކޮށްފައިވަނީ އޭނާގެ ރުހުމާނުލައި ޑެނީ އަލްވެސް އޭނާގެ ގައިގައި އަތްލައި ޖިންސީގޯނާ ކޮށްފައިވާ ކަމުގައެވެ. ޑަނީ އަލްވެސް ހައްޔަރުކުރީ ސުވާލު ކުރުމަށް އެންމެ ފުރަތަމަ ބާސެލޯނާގެ ފުލުސް ސްޓޭޝަނަކަށް ގެންދިޔުމަށްފަހުގައެވެ. ހުކުރުދުވަހު ކޯޓަށް ހާޒިރުކޮށް މުއްދަތު ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
ޑަނީ އަލްވެސްގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން އޭނާ ބުނެފައިވަނީ އެބުނާ ނައިޓް ކުލަބަކަށް އޭނާ ޒިޔާރަތް ކުރިކަމަށާއި އެކަމަކު އެއްވެސް މީހެއްގެ ގަޔަށް އަތްލައި އެބާވަތުގެ އެއްވެސްކަމެއް ކޮށްފައިނުވާނެ ކަމުގައެވެ. އެ އަންހެންމީހާއަކީ އޭނާ ދަންނަ އަދި ދުށް މީހެއްވެސް ނޫންކަމަށާއި އެއްވެސް މީހަކަށް ޖިންސީ ގޯނާކުރުމަކީ ދުވަހަކުވެސް ކޮށްފައިނުވާ ކަމެއްކަމަށް އަލްވެސް ބުނެއެވެ.
ޑަނީ އަލްވެސްއަކީ ފުޓްބޯޅަ ދަނޑުގައި ވަރަށްވެސް ކާމިޔާބު ކުޚުންތެރިއެކެވެ. ސީނިއަރ ލެވެލްގައި 47 ތަށި އޭނާވަނީ އެކި ކުލަބްތަކާއެކު ހޯދައިފައެވެ. ޔޫރަޕުގެ ވަރުގަދަ ބާރުތަކުގެ ތެރެއިން ބާސެލޯނާ އާއި ޕީއެސްޖީއާއި ޔުވެންޓަސްއަށްވެސް ކުޅުނު އަލްވެސް މިހާރު ކުޅެނީ މެކްސިކޯގެ ލީގުގައެވެ. ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ އަލްވެސް ކައިވެނިކޮށްގެން އުޅެނީ ސްޕޭނުގެ ވަރަށްވެސް މަޝްހޫރު ފެޝަން މޮޑެލްއަކާއެވެ. މިއީ އޭނާގެ ދެވަނަ ކައިވެންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު