މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިލިމާލެއަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ބަހުގެ ހިދުމަތް ދޭން ފަށައިފިއެވެ.
މިއަދު ހަވީރު ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ބަހުގެ ހިދުމަތް ފައްޓަވައި ދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. ރަސްމިއްޔާތުގައި ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އުޝާމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ހިދުމަތް ދިނުމުގައި ބޭނުން ކުރާނީ ތިމާވެއްޓާ ރައްޓެހި ހަ އިލެކްޓްރިކް ވެހިކަލް ބަސް ތަކެވެ. އެ ބަސްތަކުގައި 11 މީހުންނަށް އިށީންދެ ތިބެވޭ ގޮތަށް ސީޓު ހަރުކޮށްފައި ހުންނައިރު، ހަތަރު މީހުންނަށް ކޮޅަށް ތިބެވޭނެއެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި ވިލިމާލެއަށް ބަހުގެ ހިދުމަތް ދިނުމަށް މި ހިދުމަތް ދިނުމަށް ވިލިމާލޭގެ 10 ތަނެއްގައި ބަސް ހުއްޓި ހުންނާނެއެވެ. އަދި ކޮންމެ ބަސް ހުއްޓިއަކަށް ފަހެއް ނުވަތަ 10 މިނެޓުން ބަސް ދާނެ ކަމަށް ބުންޏެވެ.
މި ހިދުމަތުގައި ފުރަތަމަ ދެ ހަފުތާގައި ބަސް ދަތުރުތައް ދޭނީ ހިލެއެވެ. އޭގެ ފަހުން ނަގާނެ އަގެއް ކަނޑައެޅުމުގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު