މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ށ. އަތޮޅަށް މިއަދު ވަޑައިގެންފިއެވެ.
އެ މަނިކުފާނު ފުރަތަމަ ވަޑައިގެންނެވީ ކަނޑިތީމަށެވެ. އެއަށްފަހު މިލަންދުއާއި ފުނަދުއަށްވެސް އެ މަނިކުފާނު މިއަދު ވަޑައިގަންނަވާނެއެވެ. އަދި އެ ރަށްރަށުގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވާނެއެވެ.
ރައީސް އުތުރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ހދ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންނެވި އިރު، އޭގެ ކުރީ ދުވަހު ވަނީ ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވަނީ ބައިވެރިވެވައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު