މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލަައިފިއެވެ.

ފުލުހުންގެ މީޑިއާއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ،، ލޮނުޒިޔާރަތް މަގުގައި ހުންނަ ޗާކޯލް ކެފޭ ކައިރީގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން ކަމުގެ ރިޕޯޓް ލިބުނީ ރޭ 12:37 ހާއިރު ކަމަށެވެ.

އެ މާރާމާރީގައި ޒަހަމްވެފައިވަނީ 30 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް ބުންޏެވެ.

މި މާރާމާރީގެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.