އއ. ރަސްދޫ ބަނދަރު ބޭރުތޮށި ޖެހުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި އދ. އޮމަދޫ ބަނދަރު އަޕްގްރޭޑު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

ރަސްދޫ ބަނދަރު ބޭރުތޮށި ޖެހުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން 104،000 ސޭންޑް ފިލްޑް ބްރޭކްވޯޓާ ރިކްލެމޭޝަން ހެދުމާއި 64 މީޓަރަށް ވޯޓާބްރޭކް ޖެހުމާއި 42 މީޓަރަށް ސަބްމާޖް ބްރޭކްވޯޓާ ޖެހުމާއި 1736 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމާއި، 224 މީޓަރު ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 97 މީޓަރު އެއްގަމު ތޮށި ލުން ހިމެނެއެވެ. އަދި ހަތަރު ނެވިގޭޝަން ލައިޓާއި 10 މަގު ބައްތި ހަރުކުރުމާއި 450 އަކަ މީޓަރުގެ ޕޭވްމެންޓް ހެދުމާއި 86 މީޓަރުގެ ކޮންކްރީޓު ބްރިޖަކާއި 40 މީޓަރުގެ ކޮންކްރީޓް ބްރިޖެއް ހެދުމުގެ މަސައްކަތް ކުރާނެއެވެ.

ރަސްދޫ ބަނދަރު ބޭރުތޮށި ޖެހުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 86.8 މިލިއަން ރުފިޔާއަށް 365 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

  • 398 މީޓަރު ބްރޭކް ވޯޓާ ޖެހުން
  • 208 މީޓަރު ރިވެޓްމެންޓް ޖެހުން
  • 49،765 ކިއުބިކް މީޓަރު އާ ބަނދަރު ފުން ކުރުން
  • 12،105 ކިއުބިކް މީޓަރު ނެރު ފުން ކުރުން
  • 346.10 މީޓަރު އެއްގަމު ތޮށިޖެހުން
  • 346.10 މީޓަރު ސްކޯރިން އެޕްރޮން ޖެހުން
  • 87 މޫރިން ރިންގު ހަރުކުރުން
  • 90 އަކަ މީޓަރު ރޭންޕެއް ހެދުން
  • އެކްސެސް ޕްލެޓްފޯމް އެޅުން
  • 100 މީޓަރުގެ ކޮންކްރީޓް ޖެޓީއެއް ހެދުން
  • ދެ ނެވިގޭޝަން ލައިޓް ހަރުކުރުން
  • 18 މަގު ބައްތި ހަރުކުރުން
  • 1647.00 އަކަ މީޓަރުގެ ޕޭވްމެންޓް ހެދުން

އޮމަދޫ ބަނދަރު އަޕްގްރޭޑު ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 72.3 މިލިއަން ރުފިޔާއަށް 630 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.