ށ. ނޫމަރާ ބަނދަރާއި ނެރު ފުންކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން، 6,347 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބާ ބޭސިން ފުންކުރުމުގެ މަސައްކަތާއި ސާވޭއިންގެ މަސައްކަތްތައް ކޮށްފައިވާ ކަމަށާއި ބަނދަރާއި ނެރު ފުންކުރުމުގެ މަސައްކަތް ފުރިހަމަކޮށް، ނިންމާލާފައިވާ ކަމަށެވެ.
ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.
ޚަބަރު
ޚަބަރު