ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ.
ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ޖުމުލަ 28.8 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ބުރުނީގެ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި 21,181.80 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަހައްދަށް އެޅުމާއި 369 މީޓަރުގެ ބްރޭކްވޯޓާތަކާއި 220 މީޓަރުގެ ރިވެޓްމަންޓް ގާއިމުކޮށް ބީޗް ރިޕްލެނިޝްކުރުން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު