މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭނެ ފަރާތެއް ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުވައްމުލަކު ސިޓީއަށް މިއަދު ވަޑައިގެންފިއެވެ.
އެ މަނިކުފާނު ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވުމުން ގިނަ ބަޔަކު ވަނީ އެ މަނިކުފާނަށް ހޫނު މަރުހަބާ ކިއުމަށް އެއާޕޯޓް ކައިރިއަށް އެއްވެފައެވެ.
ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ބުނީ، އެ މަނިކުފާނުގެ މި ދަތުރުފުޅުގައި އާއްމުންގެ ގޭގެއަށް ޒިޔާރަތް ކުރައްވައި ރައްޔިތުންގެ ހާލު ބައްލަވާނެ ކަމަށެވެ.
މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ރައީސް ނަޝީދާ ވާދަކުރައްވާނީ އެމްޑީޕީގެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ރައީސް ނަޝީދުގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށްދާއިރު، ރޭ މާފަންނު ބޮޑުބަތްޕާކުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެ މަނިކުފާނަކީ އެއްވެސް އިންތިހާބެއްގައި ބަލިވެ ވަޑައިގެންފައިވާ ބޭފުޅެއް ނޫން ކަމަށާއި ރިޔާސީ ޕްރައިމަރީވެސް އެ މަނިކުފާނު ކާމިޔާބު ކުރައްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު