މުސްކުޅި މަންމަގެ ބޭންކް އެކައުންޓުން، އޮޅުވާލައިގެން 7.2 މިލިއަން ޑޮލަރު ނެގި ތައިލެންޑުގެ އަންހެނަކު ވިހި އަހަރަށް ޖަލަށްލާން އެތާގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
ބެންކޮކްގެ ފްރާޚަނޮން ޑިސްޓްރިކްޓް ކޯޓުން، އުމުރުން 56 އަހަރުވީ މަވަޑީ ސިރީވިރާތު ޖަލަށް ލުމުގެ އިތުރަށް މަންމަޔަށް ވަގުތުން 3.5 މިލިޔަން ޑޮލަރު ދިނުމަށްވެސް އަމުރުކޮށްފައިވެއެވެ. އުމުރުން 85 އަހަރުވެފައިވާ މަންމަޔަކީ ހިތުގެ ސީރިއަސް ބައްޔަކާ ގުޅިގެން އެނދުމަތިކޮށްގެން ފަރުވާ ދެމުންގެންދާ މީހެކެވެ.
ކަސިކޯން ބޭންކުގައި މަންމަ ހުޅުވާފައިވާ ދެ އެކައުންޓަކުން ފައިސާ ނެގެންއޮތީ ސީދާ އޭނާ ސޮއިކޮށްފައިވާ ޗެކަކުން ކަމަށްވިއަސް އިނގިލީގެ ނިޝާން ޖަހާފައިވާ ލިޔުމަކުން ފައިސާ ނެގޭގޮތް ހެދީ މަންމަގެ ނަމުގައި ހުށައެޅި ވަގު ބަޔާނަކަށްފަހުގައެވެ. މިކަމުގައި ބޭންކުގެ ކަމާގުޅުންހުރި ހަތަރު މުވައްޒަފެއްގެ ބައިވެރިވުންވެސް އޮތްކަމަށް ތަހުގީގަށް ވަނީ ސާބިތުވެފައެވެ. މީގެތެރެއިން އެކަކު ދެ އަހަރަށް ޖަލަށް ލުމަށް ހުކުމްކުރިއިރު އަނެއް ތިންމީހުންނަށް އެކަހަލަ ހުކުމެއް ނީއްވައެވެ.
އެނދުމަތިކުރެވިފައިވާތާ 8 އަހަރުވީ ބަލިމީހަކަށްވިޔަސް މަންމަޔަކީ އޭނާގެ މާލީ ހިސާބުކިތާބު ވަރަށް ރަނގަޅަށް ބަލާ މީހެކެވެ. އެކައުންޓުން ފައިސާ މަދުވީމާ ދެން ކަންކަން ކުރަންވީގޮތުގެ ލަފާ އޭނާ ހޯދީ ގާނޫނީވަކީލުންގެ ފަރާތުންނެވެ. ދަރިފުޅާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށައެޅީވެސް ކުޅަދާނަ ވަކީލުންގެ އެހީތެރިކަމާއެކުގައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ