ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ރޭ މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި 247 ބަނގުރާ ފުޅިއާއި 111 ބިޔަރު ދަޅު ހޯދައި ތިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން، އެ އޮޕަރޭޝަންތަކުގެ ތެރެއިން ރޭ 20:00 އެހާކަންހާއިރު ހިންގި އޮޕަރޭޝަނަކީ މާލޭ ގެއެއްގައި ބަނގުރާ ކައްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
އެ އޮޕަރޭޝަންގައި 32 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށް އޭނާ ދިރިއުޅޭގެ ބަލައިފާސްކޮށް، ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއި ބަނގުރާ ހުރި ފަސް ލީޓަރުގެ ތިން ފުޅިއާއި ބަނގުރާ ހުރި 500 އެމްއެލްގެ 52 ފުޅި ފެނިފައިވާ ކަމަށް ބުންޏެވެ.
ރޭ ހިންގި ދެވަނަ އޮޕަރޭޝަނަކީ 7:36 އެހާކަންހާއިރު މާލޭގެ ގެއެއްގައި ބަނގުރާ ގެންގުޅޭ ކަމަށް ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
ފުލުހުން ބުނީ، އެ އޮޕަރޭޝަންގައި 25 އަހަރުގެ ބިދޭސީއަކާއި 26 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަންގައި ހައްޔަރުކުރި ދެ މީހުންނާ ގުޅުން ހުރި މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް، 192 ފުޅި ބަނގުރަލާއި 111 ދަޅު ބިޔަރު ފެނިފައިވާ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު