ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ފަސް މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން މިއަދު ބުނީ، އެ މަސްތުވާތަކެތި އަތުލައިގަތީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބެލްޖިއަމުން ރާއްޖެ ގެނައި ޕެކޭޖުތަކެއް ބަލައިފާސްކުރުމުގެ ތެރެއިން ކަމަށެވެ. އެ ޕެކޭޖުތަކުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި އަޅާފައި ހުރި ދެ ޕެކެޓެއް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އޭގެ ތެރެއިން ދެ ޕެކެޓެއްގައި ބަންދުކޮށްފައި ހުރީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި 1.010 ކިލޯގްރާމް ހުރި ކަމަށެވެ.
ކަސްޓަމުން ބުނީ އެ މަސްތުވާތަކެތީގެ މައްސަލައިގައި ޝާމިލުވާ މީހާ އާއި ޕެކޭޖުން ފެނުނު މަސްތުވާތަކެތި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު