ކޮންމެ މުސްލިމަކު ވެސް އަހަރަކު އެއްފަހަރު މައްކާއަށް ގޮސް، ހައްޖު ނުވަތަ އުމްރާގެ މަތިވެރި އަޅުކަން އަދާކޮށްލަން ބޭނުންވާނެކަން ޔަގީނެވެ. ކޮންމެ އަހަރަކުވެސް މައްކާ އާއި މަދީނާގެ ދެހަރަމަށް އެތައް މިލިއަން މުސްލިމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރު ހަދައިގެންދެއެވެ.

އަބަދުވެސް ތިމާގެ އަމިއްލަ ސިއްހަތާއި ޖާނަށް ބަލަންޖެހޭ ފަދައިން، ހައްޖާއި އުމްރާއަށް ދާ ދަތުރުގައި ވެސް ތިމާގެ ސިއްހަތަށް ވަރަށް ބަލަން ޖެހޭނެއެވެ. އަދި ވަކިން ހާއްސަކޮށް، ދުނިޔޭގެ އެކި ގައުމުތަކުން މީހުން ސައުދީ އަރަބިއްޔާއަށް ޖަމާވާ އިރު، އެކިއެކި ބަލިތައް ފެތުރުމުގެ ފުރުސަތު އޮވެއެވެ. ތިމާގެ އަމިއްލަ ގައުމުން ބޭރު ގައުމެއްގައި ސިއްހީ ފަރުވާ ހޯދުމަކީ ގިނަ ފަހަރަށް ދަތި، އަދި އަގު ވެސް ބޮޑު ކަމަކަށްވެއެވެ. ހައްޖު ނުވަތަ އުމްރާ ދަތުރަށް ފުރަންވާނީ މިފަދަ ހާލަތްތަކަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ.

އެ ހާލަތަށް ތައްޔާރުވުމަށްޓަކައި، ދަތުރަށް ފުރުމުގެ ކުރިން އަޔާދީ ތަކާފުލްގެ ހައްޖު އެންޑް އުމްރާ ޕްލޭނެއް ނެންގެވުން ކިހިނެއްތޯއެވެ.

މިސާލަކަށް ހައްޖު ނުވަތަ އުމްރާގެ ދަތުރުގައި އުޅެނިކޮށް ދިމާވާ ސިއްހީ ފަރުވާ ހޯދަންޖެހޭ ކަމަކަށް ނުވަތަ ކުއްލި ހާލަތުގައި ހޯދަންޖެހޭ ސިއްހީ ފަރުވާތަކުގެ ހަރަދުތައް، މި ޕްލޭނުން ހަމަޖައްސައިލެވޭނެއެވެ. އެގޮތުން 100,000 ރުފިޔާއާ ހަމައަށް ޕްލޭނުގެ ފަރާތުން ސިއްހީ ފަރުވާއަށް ހަމަޖެހިގެން ދާނެއެވެ.

މީގެ އިތުރުން ހޮސްޕިޓަލުގައި އެނދުމަތިކުރަން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެނދުމަތިކޮށްފައި އޮންނަ ކޮންމެ ދުވަހަކަށް 150 ރުފިޔާގެ މަގުން، ޖުމްލަ 1,500 ރުފިޔާ ހަމަޖެހިގެން ދާނެއެވެ. މިކަންކަން ވެގެންދާނީ ބޭރު ގައުމެއްގައި ހުރެ، ސިއްހީ ފަރުވާ އާއި އެހީތެރިކަން ހޯދުމަށް ބާރުއަޅާނެ ކަމަކަށްކަން ޔަގީނެވެ.

ބޭނުންވާ ނަމަ، އިތުރު 250 ރުފިޔާ ދައްކަވައިގެން މި ޕްލޭނަށް ކޮވިޑް-19 ގެ ކަވަރޭޖެއް ވެސް އިތުރުކޮށްލުމުގެ ފުރުސަތު އޮވެއެވެ. އެގޮތުން ހައްޖު ނުވަތަ އުމްރާއަށް ގޮސް އުޅެނިކޮށް ކޮވިޑް-19 އަށް ޕޮޒިޓިވްވެ، 14 ދުވަހުގެ އައިސޮލޭޝަންގައި ހުރުމަށްޓަކައި, ދުވާލަކަށް 1,000 ރުފިޔާގެ މަގުން އައިސޮލޭޝަން ފެސިލިޓީއަށް ދައްކަންޖެހޭ ހަރަދު އަޔާދީއިން ހަމަޖައްސައިދޭނެއެވެ. ކޮވިޑް ކަވަރޭޖުގެ ދަށުން، ކޮވިޑް-19 އާ ގުޅިގެން ބަލިހާލަތު ދަށްވެ ސިއްހީ ފަރުވާ ހޯދަންޖެހޭ ނަމަ، އެކަން ވެސް އަޔާދީގެ ޕްލޭނުން ހަމަޖެހޭނެއެވެ.

އަޔާދީ ތަކާފުލްގެ ހައްޖު އެންޑް އުމްރާ ޕްލޭނެއް ނެގުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އަދި މި ޕްލޭން އެހާމެ އަގު ވެސްހެވެވެ. އުމްރާއަށްދާ ނަމަ، އެންމެ 750 ރުފިޔާ އަދި ހައްޖަށްދާ ނަމަ 1,000 ރުފިޔާގެ ކޮންޓްރިބިއުޝަނެއް ދައްކަވައިގެން، ހައްޖު ނުވަތަ އުމްރާ ދަތުރުގައި ތިމާގެ ސިއްހަތަށް އިތުރު ރައްކާތެރިކަމެއް ހަމަޖައްސާލެވޭނެއެވެ.

އެލައިޑް އިންޝުއަރަންސްގެ "މައިއެލައިޑް" ޕޯޓަލް މެދުވެރިކޮށް، އޮންލައިންކޮށް މި ޕްލޭން ނެގޭނެއެވެ. ޕޯޓަލްގައި ވާ ފޯމު ފުރުމުން އެކަން ހަމަޖެހުނީއެވެ. މިހާރު ތިޔަ ހުރީ ރައްކާތެރި، އަމާން އަދި ބާއްޖަވެރި އުމްރާ ދަތުރެއް ފެށުމަށް ތައްޔާރަށެވެ.

ފުޓާ ނޯޓް: އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ؛ "އަޔާދީ ތަކާފުލް" އަކީ އިސްލާމީ ޝަރީއާގެ އާސާސްތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް ކުރިމަތިވެދާނެ މާލީ ގެއްލުންތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ އިސްލާމިކް ވިންޑޯއެކެވެ.