ބ. ހިތާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ކުރިންވެސް ޖަހާފައިވާ އެއްގަމުތޮށި މަރާމާތު ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ ހިތާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހާބާ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 88 ޕަސެންޓް ވެސް ނިމިފައިވާ ކަމަށެވެ.
ޖުމުލަ 17.07 މިލިއަން ރުފިޔާގެ މި މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 8، 2021ގައެވެ. މަޝްރޫއު ނިންމަން އެއްބަސްވެފައި ވަނީ 540 ދުވަހުގެ ތެރޭގައެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށި އެ މަޝްރޫއުގެ ދަށުން 19،030 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 495 މީޓަރުގެ ބޭރު ތޮއްޓަކާއި 22 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 350 މީޓަރުގެ އެއްގަމުތޮއްޓަކާއި ރޭމްޕެއް ހެދުމާއި 1،750 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި އާއި ނެރުބައްތި ހަރުކުރުން ވެސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު