ދިރާގުން ގއ. ކޮލަމާފުއްޓަށް ހައި ސްޕީޑް ފައިބާ އިންޓަނެޓް ތައާރަފުކޮށްފިއެވެ.

ދިރާގުން މިއަދު ބުނީ، ކޮލަމާފުއްޓަށް އެ ހިދުމަތް ތައާރަފުކުރީ ހާއްސަ އޮފަތަކަކާއެކު ކަމަށާއި އެގޮތުން ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާއަށް ބޭނުންވާ ހާއްސަ ރައުޓަރު ނުވަތަ އޯއެންޓީ ހިލޭ ލިބޭނެ ކަމަށެވެ.

މިއީ އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖުތައް ހިޔާރުކުރުމަށް ރަނުގެ ފުރުސަތެއް ކަމަށްވެސް ދިރާގުން ބުންޏެވެ.

ދިރާގުގެ ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި ފޯރުކޮށްދޭ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. ދިރާގުން މިހާރު ވެސް އަންނަނީ ރާއްޖޭގެ 85 ޕަސަންޓް ގޭބިސީއަށް އެ ހިދުމަތް ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި 103 ރަށެއްގެ ގޭބިސީތައް ހިމެނޭ ކަމަށް ދިރާގުން ބުންޏެވެ.