ޕޮލިސް ބޯޑަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ފަސީހު އައްޔަންކޮށްފިއެވެ.

ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވަނީ "ވަން" އަށް އެކަން ކަށަވަރު ކޮށްދެއްވައިފައެވެ.

ޕޮލިސް ބޯޑަށް ފަސީހު އައްޔަން ކޮށްފައި މިވަނީ، އެ ބޯޑުގެ ރައީސްކަމުގެ މަގާމުގައި މީގެ ކުރިން ހުންނެވި، މއ. މަނާގެ އަލީ ފާއިޒު, ދިވެހި ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާ ސަފީރުކަމުގެ މަގާމަށް އައްޔަންކުރުމުން، އެއް ގޮނޑި ހުސްވުމުންނެވެ.

ފުލުހުންގެ ބޯޑަށް އައްޔަންކުރި ފަސީހު ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު އަދާކުރެއްވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އޭގެ ފަހުން އެމްޓީސީސީގެ ޑެޕިއުޓީ ސީއީއޯކަންވެސް ކުރެއްވިއެވެ.

ޕޮލިސް ބޯޑަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުން އުފައްދަންޖެހޭ ބޯޑެކެވެ.

ފުލުހުންގެ ހިދުމަތުގެ ބިލުގައި ބުނެފައިވަނީ ޕޮލިސް ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަން ކުރުމުގައި އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމަށާއި އެ ގާނޫނުގެ 76 ވަނަ މާއްދާގައި ބަޔާން ކުރާ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި އެ ގާނޫނުގެ ދަށުން ލަފާ ދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާ ދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާ ދިނުމަށް "ޕޮލިސް ބޯޑު"ގެ ނަމުގައި ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެ ކަމަށެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މި ބޯޑުގައި ހިމެނޭ މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވާ ދެ މެންބަރުންނަަށް ވާން ވާނެ ކަމަަށް ވެސް ގާނޫނުގައި ބުނެފައިވެއެވެ.

  • އަޙްމަދު ފަޔާޒް ހަސަން
  • އާއިޝަތު ނޫރާ މުހައްމަދު
  • އަހުމަދު ނާޝިދު
  • އާދަމް އިބްރާހީމް
  • ހާމިދު އަބްދުލްޣަފޫރު
  • ސަފާ ޝަރީފް