އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
އޭއީއެޗްއިން މިއަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ، ކަކުލަ ހުޅަށް އަނިޔާއެއް ވެއްޖެނަމަ، އެކަމުގެ ސަބަބުން އާންމު ދިރިއުޅުމުގެ ކަންތައް ކުރުމަށް ވަރަށް ބޮޑަށް އުދަގުވެގެންދާ ކަމަށެވެ.
އޭއީއެޗް ހޮސްޕިޓަލުން މިހާރު ވަނީ ޓޯޓަލް ނީ ރިޕްލޭސްމަންޓް (ޓީކޭއާރް) ނުވަތަ ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެ ހޮސްޕިޓަލުން ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރާ ގޮތަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗްގެ ކަށީގެ ޑިޕާޓްމެންޓާ ގުޅިގެންނެވެ.
އޭއީއެޗްއިން ބުނީ، ކަކުލު ހުޅު ބަދަލުކުރަން ބޭނުންވާ މީހުން އެ ހޮސްޕިޓަލުގެ ކަށީގެ ޑޮކްޓަރުންނަށް ދައްކައިގެން، ޑޮކްޓަރުގެ ލަފާގެ މަތިން އޮޕަރޭޝަން ކުރުމަށް ނަން ނޯޓު ކުރުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ. ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނަށް އާސަންދަ ލިބޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
އޭއީއެޗުން ބުނީ ޓޯޓަލް ހިޕް ރިޕްލޭސްމަންޓް (ޓީއެޗުއާރު)ގެ ހިދުމަތް ވެސް އެ ހޮސްޕިޓަލުން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު