އޭޝިއާ ޕެޝިފިކް ޑިމޮކްރެޓިކް ޔޫނިއަންގެ ޗެއާމަންކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހަމަޖައްސައިފިއެވެ.
އެކަން ހާމަކޮށް، އެމްޑީޕީގެ ސެކްރެޓޭރިއަޓުން ވަނީ އެ މަނިކުފާނަށް މަރުހަބާ ކިޔައިފައެވެ.
އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަންގެ ރީޖަނަލް ޑިވިޝަނެއް ކަމަށްވާ އޭޝިއާ ޕެޝިފިކް ޑިމޮކްރެޓިކް ޔޫނިއަނުގައި ހިމެނެނީ ސެންޓާ ރައިޓް ނުވަތަ ކަނާތު މެދު ފިޔައިގެ ޕާޓީތަކެވެ.
އެމްޑީޕީއަކީވެސް އެ ފަލްސަފާގެ ޕާޓީއެކެވެ. އެހެންކަމުން ރާއްޖެއިން އެ ޖަމިއްޔާގައި ބައިވެރިވެފައިވަނީވެސް އެމްޑީޕީން އެކަންޏެވެ.
އެ ޔޫނިއަންގެ މެންބަރުންގެ ތެރޭގައި 15 ގައުމަކުން 15 ޕާޓީ ހިމެނެއެވެ. އޭގެ ތެރޭގައި އެންމެ ބޮޑު ޑިމޮކްރަސީ ކަމުގައިވާ އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ އިތުރުން ޗައިނާގެ އިދިކޮޅު ޕާޓީ ހިމެނެއެވެ.
މީގެ ކުރިން ކުރިން އެ ޔޫނިއަންގެ ޗެއާމަނަކަށް ހުންނެވީ ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައެވެ.
ޚަބަރު
ޚަބަރު
ޚަބަރު