ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކުރުމަށް މޯލްޑިވްސް ޑެފް އެސޯސިއޭޝަން އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ކ. ގުރައިދޫގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.
ބީއެމްއެލުން މިއަދު ބުނީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން 200 އަށް ވުރެ ގިނަ މީހުން އެ ހަވީރުގައި ބައިވެރިވި ކަމަށެވެ.
ގުރައިދޫގައި ބޭއްވި ހަރަކާތުގައި އިމާދުއްދީން ސްކޫލުގެ ސެން ކްލާސްތަކުގައި ކިޔަވާ ދަރިވަރުންނަށް ގިފްޓް ޕެކެއްވެސް ހަދިޔާކޮށްފައިވާ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.
އެ ހަވީރުގެ މަގުސަދަކީ ޑެފް ކޮމިއުނިޓީ އާއި އާންމު ރައްޔިތުން ގުޅުވާލައި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުން ކަމަށް ބީއެމްއެލުން ބުންޏެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހެވެ.
ޚަބަރު
ޚަބަރު
ޚަބަރު