އެއްވެސް އިންތިހާބަކުން އެ މަނިކުފާނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވާ ގޮތަށް ރާއްޖޭގެ ސިޔާސީ މަސްރަހު އަދި ބަދަލުވެގެންނުދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ކުރިއަށް ގެންދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމްގެ ހަ ވަނަ އެޕިސޯޑުގައި، ބައިވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، "ކޮންމެ ކަމަކާވެސް ކުރިމަތިލަނީ، ކާމިޔާބު ކުރުމަށް އަދި ކާމިޔާބު ކުރުމުގެ އުއްމީދުގައި، މިހާތަނަށް އަޅުގަނޑު ވާދަ ކޮށްފައިވާ އިންތިހާބެއްގައި އެގޮތަށް އެހެން ބަލިވެފަކާއެއް އަދި ނެތް ތި ވިދާޅުވާހެން ކޮންމެސް ފަހަރަކު ބަލި ނުވާނެ ވާހަކައެއްނޫން،" ކަމަށެވެ.

ނަމަވެސް "އަޅުގަނޑަށް ފެންނަ ތަނުގައި އަދި ރާއްޖޭގެ ސިޔާސީ މަސްރަހެއް ބަދަލުވެގެނެއްނުދޭ އިންތިހާބުތަކުން އަޅުގަނޑަށް އެހާބޮޑު ނާކާމިޔާބެއް ކުރިމަތިވެދާނެ ގޮތަކަށް،" ކަމަށްވެސް ވިދާޅުވިއެވެ.

ކޮންމެ ބޭފުޅަކުވެސް އިންތިހާބަށް ކުރިމަތިލާނީ ކާމިޔާބު ކުރެވޭނެ ކަމުގެ ވަަރަށް ބޮޑު އުއްމީދެއްގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރިޔާސީ ޕްރައިމަރީ ބޭއްވުން ރަނގަޅީ އަންނަ އަހަރު ކަމަށެވެ.

"މިހާރު ޕްރައިމަރީއެއް ފަށައި ސަރުކާރުވެސް އެކަމުގެ ތެރޭގައި މާބޮޑަށް އުޅެން ޖެހުމުން، ދައުރުގައި ބާކީ އިތުރު މުއްދަތު އޮތްއިރު މާރަނގަޅު ކަމަށް ވެގެން ނުގޮސްދާނެ، އަޅުގަނޑަށް އެންމެ ރަނގަޅު ކޮންމެ ވަގުތަކު ބޭއްވި ނަމަވެސް، ނަމަވެސް އަޅުގަނޑު ދެކެނީ ޕްރައަރީ ބޭއްވިގެން ދާނީ އަންނަ އަހަރުގެ ކޮންމެސް ދުވަހެއްގައި ކަމަށް،" ނަޝީދު ވިދާޅުވިއެވެ.