ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ބޭނުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ދޫކުރާ ސްޓިމިއުލަސް ލޯނަށް އެދުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބުނީ، މިފަހަރު ހުޅުވާލި ސްޓިމިއުލަސް ލޯނަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) މެދުވެރިކޮށް އެ މިނިސްޓްރީން ހަމަޖައްސާފައިވާ ލޯނުތަކެއް ކަމަށާއި އެ ލޯނަށް ހަތް މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާނެ ކަމަށެވެ. ސްޓިމިއުލަސް ލޯނުގެ އިންސްޓެރެސްޓް ރޭޓަކީ ހަ ޕަސަންޓް ކަމަށާއި އެ ލޯނު އަނބުރާ ދައްކަން ހަތަރު އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށް ފިނޭންސުން ބުންޏެވެ.
ސްޓިމިއުލަސް ލޯނަށް އެދުމަށް ރަހުނެއް ބަހައްޓަން ނުޖެހޭނެއެވެ. ސްޓިމިއުލަސް ލޯނަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބަލައިގަންނާނެ ކަމަށް ވެސް ފިނޭންސުން ބުންޏެވެ.
މި ލޯނު ނެގޭނީ ނިމިފައިވާ ޕްރޮޖެކްޓްތައް ވޯކިން ކެޕިޓަލް ބޭނުންވާ ނިމިފައިވާ ޕްރޮޖެކްޓްތަކާއި ކޮވިޑާ ގުޅިގެން އޮޕަރޭޝަން ހުއްޓިފައިވާ ތަންތަނާއި އާ ޕްރޮޖެކްޓްތައް ހިންގަން ބޭނުންވާ ފަރާތްތަކަށެވެ.
- މަދުވެގެން ހަ މަހު އޮޕަރޭޓްކުރުން
- އީއައިބީ ލޯނު ލިބިފައިވާ ފަރާތްތަކަށް ނުވުން
- އިވެލުއޭޓް ކުރާ އަހަރު ޕްރޮފިޓް ލިބިފައިވުން (މި އަހަރު ކަނޑައަޅާނީ ލޯނަށް އެދޭ ފަރާތުން އެފްލިކޭޝަން ފޯމުގައި)
- ކަރަންޓް ރޭޝިއޯ 1 އަށް ވުރެ އިތުރުވުން
- އެޗްރެޖް ޑެޓް ސާވިސް ކަވަރޭޖް ރޭޝިއޯ ފުރަތަމަ އެއް އަހަރު ވުރެ ދަށްނުވެ ބާކީ ހުރި އަހަރުތަކުގައި 1.25 އަށް ދަށް ނުވެ ހިފެހެއްޓުން
- ނަން - ޕާފޯމިން ލޯނެއް ފާއިތުވި 12 މަހު ހުރެގެން ނުވާނެ
- އެއްވެސް ލޯނެއްގެ އޯވަޑިއު ޕޭމަންޓް ނެތުން
ސްޓިމިއުލަސް ލޯނަކީ ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ތައާރަފު ކުރި ލޯނެކެވެ.
އެ ލޯނަކީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ސަރުކާރުން އިއުލާނު ކުރި ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ތައާރަފުކުރި ލޯން ސްކީމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު