ރައްޔިތުންގެ މަޖިލީހާ ގުޅޭ ގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބާއްވަވާ "އާސްކް ސްޕީކާ"ގެ ހަވަނަ ޕްރޮގްރާމް ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ ބްރޯޑްކާސްޓިން މީޑިއާ އާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށް ގެންދާ ޕްރޮގްރާމު ފަށާނީ އެ ދުވަހުގެ މެންދުރު 2:15 ގައި ކަމަށެވެ.
ނަޝީދާ ސުވާލު ކުރަން ބޭނުންވާ މީހުންނަށް ސުވާލު ފޮނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. ފޯނުން ވީޑިއޯ ކުރުމަށް ފަހުވެސް އަދި މެސެޖުކޮށްގެންވެސް ސުވާލު ކުރެވޭނެއެވެ.
މަޖިލީހުގެ އިދާރާއިން ބުނީ، ވަގުތުން ސުވާލުކުރަން ބޭނުންވާ މީހުން އެ މީހެއްގެ ނަމާއި ކުރަން ބޭނުންވާ ސުވާލު ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަންބަރު 7234566 އަށް ފޮނުވަން އެދޭ ކަމަށެވެ.
"އާސްކް ސްޕީކާ" ޕްރަގްރާމްތަކުގައި ނަޝީދު، އެމަނިކުފާނުގެ އަމިއްލަފުޅު ސިޔާސީ ހަޔާތްޕުޅާ ގުޅޭ ސުވާލު ތަކަށާއި ސިޔާސީ ކަންކަމާއި އެމަނިކުފާނުގެ އަމިއްލަ ވިސްނުންފުޅާ ގުޅޭ ސުވާލުތަކަށް ޖަވާބުދެއްވައެވެ.
އެންމެ ފަހުން "އާސްކް ސްޕީކާ" ޕްރޮގްރާމް ބާއްވާފައިވަނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު