ވޭތުވެދިޔަ ދެ އަހަރު ރާއްޖޭގެ ޖަލުތަކުގައި އިންސާނީ ހައްގުތަކާ ހިލާފު ލާއިންސާނީ އަމަލުތައް ހިންގާފައިވޭތޯ ބެލުމަށް ސިއްރު އަޑުއެހުންތަކެއް ބާއްވަން ނިންމާފައިވާ ކަމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފިއެވެ.
އިންތިގާލީ އިންސާފުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން، އެ އޮފީހުގެ އިހުތިސޯސްގެ މުއްދަތުގެ ތެރޭގައި ހައްޔަރުކޮށް ބަންދު ކުރުމުގެ އެކި މަރުހަލާތަކުގައި ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އަމަލުތަކުގެ ސަބަބުން އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ނިގުޅައިގަނެފައިވޭތޯ އާއި އަނިޔާ ކުރުމުގެ އަމަލުތައް ހިންގާފައިވޭތޯ ބަލާނެ ކަމަށެވެ.
އެފަދަ މައްސަލަ ހުށަހަޅާފައިވާ ފަރާތްތަކުގެ އިތުރުން އެފަދަ ކަންކަން ތަޖުރިބާކޮށްފައިވާ އެހެނިހެން މީހުންނަށް އަޑުއެހުންތަކުގައި ބައިވެރިވެ، މައުލޫމާތު ދިނުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ، އެފަދަ މައްސަލަތަކުގެ ވަށައިގެންވާ އެހެނިކަން ދެނެގަތުމުގައި އިސްނާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާއި އަނިޔާ މަނާކުރުމުގެ ގާނޫނުތަކާއި ރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތަށް އަމަލުކޮށްފައިވޭތޯ ބަލާނެ ކަމަށެވެ.
މިއަޑުއެހުންތަކުގައި ބަޔާން ދޭން ބޭނުންވާ މީހުން މިމަހުގެ 23 ވަނަ ދުވަހުގެ ކުރިން އެ އޮފީހާ މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު