އުރީދޫން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ޓީވީތަކެއް ހަދިޔާކޮށްފިއެވެ.
ބަންޑާރަކޮށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ފަސް ޓީވީ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު އަދި މެނޭޖިން ޑައިރެކްޓަރު ހާލިދް އަލް ހަމަދީއެވެ. އެމްއެންޑީއެފްގެ ފަރާތުން ޓީވީތަކާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ އުރީދޫން ހަދިޔާކުރި ޓީވީތަކަކީ ކުރިއަށް އޮތް ވޯލްޑް ކަޕާ ދިމާކޮށް ސިފައިންގެ މަރުކަޒުތަކުގައި ވޯލްޑް ކަޕް ބެލޭނެ އިންތިޒާމުތައް ފަހިކޮށްދިނުމުގެ ގޮތުންނާއި ސިފައިން ކުރާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ހަދިޔާކުރި ޓީވީތަކެއް ކަމަށެވެ.
އެމްއެންޑީއެފަށް ޓީވީ ހޯދުމަށް މިނިސްޓަރު މާރިޔާ ގިނަ ފަރާތްތަކަކާ އެކު މަޝްވަރާ ކުރެއްވި ކަމަށާއި އެކަމަށް އެންމެ ފުރަތަމަ އިޖާބަދިނީ އުރީދޫން ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު