ލައިފް ސްޓައިލް

ނޯވޭގެ ރަސްގެފާނުގެ ދަރިކަނބަލުން ކަޅު ޒުވާނަކަަށްޓަކައި ޝާހީ ލަގަބުތައް ދޫކޮށްލައްވައިފި

4

ނޯވޭގެ ރަސްގެފާނު ހެރަލްޑް ފަސްވަނައިގެ ހަމައެކަނި ދަރިކަނބަލުން ޕްރިންސެސް މާރތާ ލުއިސް ލޯތްބަށްޓަކައި ޝާހީ އެންމެހައި ލަގަބުތަކާއި ވާޖިބުތައް ދޫކޮށްލައްވައިފިއެވެ.

އުމުރުފުޅުން މިހާރު 51 އަހަރުވީ ޕްރިންސަސް މާރތާއަކީ ފަންޑިތައަށް އީމާންވެވަޑައިގަންނަވާ އަމީރާއެކެވެ. އެކަމަނާގެ ލޯބިވެރިޔަކީ އެމެރިކާގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޑުރެކް ވެރެޓްއެވެ. އޭނާއަކީވެސް ފަންޑިތައިގެ ބޮޑެކެވެ. ސައިންސާއި މިޒަމާނުގެ ބޭސްވެރިކަމަކީ މިދެމީހުންވެސް ތަބާވާ އެއްޗެއް ނޫނެވެ. ޕްރިންސަސް މާތާގެ ލޯބިވެރިޔާ އެކަމަނާއަށްވުރެ ހަތަރު އަހަރު ހަގެވެ.

ޕްރިންސަސް މާތާ ލުއިސްއަކީ ރަސްގެފާނު ހެރަލްޑް ފަސްވަނައިގެ ހަމައެކަނި ދަރިކަނބަލުންނެވެ. އަދި ވަލީއަހުދު ޕްރިންސް ހާކަންގެ ދައިތާފުޅެވެ. ފިރިކަލުންގެ އަރިހުން ވަރިވެވަޑައިގެން ޑުރެކް ވެރެޓްއާ ލޯބީގެ ގޮތުން ޕްރިންސަސް މާތާ ލުއިސް ގުޅިވަޑައިގެންނެވީ 2019 ގައެވެ. އެންގޭޖްވެވަޑައިގަތީ މިއަހަރުއެވެ. ކުރީގެ ކައިވެނިފުޅުން ތިންބޭފުޅުން ލިބިވަޑައިގެންފައިވެއެވެ.

ނޯވޭގެ ޝާހީ ގަނޑުވަރުން ބުނާގޮތުގައި ކައިވެންޏަށްފަހު ޝާހީ އާއިލާގެ މެންބަރަކަށް ޑުރެކް ވިޔަސް ޕްރިންސް ކަހަލަ ޝާހީ އެއްވެސް ލަގަބެއް އޭނާއަކަށް ނޯންނާނެއެވެ. އަދި ޝާހީ ޚާންދާނުގެ ނަމާއި ހައިސިއްޔަތެއްވެސް ބޭނުމެއް ނުކުރެވޭނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟