އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ޕީއެސްއައިޕީއަށް ކަނޑައަޅާފައިވާ 8.4 ބިލިއަން ރުފިޔާގެ ތެެރެއިން 4.2 ބިލިއަން ރުފިޔާއަކީ އެކި ފަރާތްތަކުން ފަންޑުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓުތަކެއް ކަަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، ރައްްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ބަޖެޓު ބަހުސްގައި، މެންބަރުން ދެއްކެވި ވާހަކަ ތަކާ ގުޅިގެން ބަޖެޓުގައިހިމެނޭ ކަންކަން މަޖިލިސް މެންބަރުންނަށް އިތުރަށް އޮޅުންފިލުއްވައި ދެއްވުމުގެ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން އަންނަ އަހަރަށްވެސް ބަޖެޓް ހުށަހަޅާފައި މިވަނީ، މުޅި ދުނިޔޭގެ އިގްތިސާދު ބޮޑު ކާރިސާއަކާ ކުރިމަތިލަމުންދާ ދަނޑިވަޅެއްގައި ކަމަށެވެ. އެހެންކަމުން "2023 ވަނަ އަހަރުގެ އެންމެ ބޮޑު އަމާޒަކީ މި ހިރާސްތައް އަޅުގަނޑުމެން ބަލައިގަނެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވި ކަން ކަށަވަރު ކުރުން،" ކަމަށެވެ.
އެކަންތައްތައް ކަށަވަރު ކުރުމަށްޓަކައި ވަރަށް ގިނަ ކަންތައްތައް ބަޖެޓް ފޮތުގައި ފާހަގަކޮށްފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މި ހުށަހަޅާބަޖެޓަކީ ގާތްގަނޑަކް 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެއް، އަންދާޒާ މިކުރާނީ ހިލޭ އެހީ ހިމަނައިގެން އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 32 ބިލިޔަންރުފިޔާ ލިބޭނެ ކަމަށް، ޑިފިސަޓީ ގާތްގަނޑަކަށް 8.4 ބިލިޔަން ރުފިޔާ، ފާހަގަކޮށްލަން ބޭނުންވަނީ 2020 ވަނަ އަހަރު ޑިފިސިޓް އިތުރުވެގެން ދިއުމާއެކު އަޅުގަނޑުމެން އޭރު މަސައްކަތްތައް ކޮށްގެން ހަރަދު ކުޑަ ކޮށްގެން އަޅުގަނޑުމެންނަށް ޑިފިސިޓް ކުޑަކުރުމުގެ ޓްރެންޑެއްގައި މި މަސައްކަތްކުރެވުނީ، މިއަހަރުގެ ޑިފިސިޓް ގާތްގަނޑަކަށް އަންދާޒާކުރަނީ 8.4 ބިލިޔަން ރުފިޔާ، އެއީ ޖީޑީޕީގެ ނިސްބަތުން 8.1 ޕަސެންޓް މި ހިނގާ 2022 ވަނަ އަހަރުގެ ޑިފިސިޓަކީ ޖީޑީޕީގެ ނިސްބަތުން 14.3 ޕަސެންޓް އަދި މިދިޔަ އަހަރު ޑިފިސިޓްގެ ނިސްބަތަކީ 13.8 ޕަސެންޓް އެެހެންވީމާ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އަހަރަކަށްފަހު އަހަރެއް ޑިފިސިޓް ކުޑަ ކުރެވޭނެ ދިމާއަކަށް،"
މިނިސްޓަރު އަމީރު ވިދާޅުވީ، 2023 އަށް ހުށަހެޅި ބަޖެޓުގައި ޕީއެސްއައިޕީގެ ގޮތުގައި 8.4 ބިލުިޔަން ރުފިޔާ ހިމަނާފައިވާއިރު އޭގެ ތެރެއިން ގާތްގަނޑަކަށް 4.2 ބިލިޔަން ރުފިޔާއަކީ މިހާރުވެސް ފަންޑެޑް ޕްރޮޖެކްޓްތައް ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު އިތުރު ހަރުފަތަކަށް ގެންދާނެ ބޮޑެތި އިންފްރާންސްޓްރަކްޗާ ޕްރޮޖެކްތައް ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު