ކޯޓު އަމުރެއް ހޯދަން ދިޔަ ފުލުހުންތަކަކާ އެކީ ދިޔަ އާންމު މީހަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދިންކަން ސާބިތުވެ، އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ނިހާނަށް ސުލޫކީ ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ ނިހާނާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް ތަހުގީގުކޮށް، ތައްޔާރުކުރި ރިޕޯޓު، މިދިޔަ ބުދަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ ޖަލްސާގައި ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން ޖޭއެސްސީން އެ މައްސަލައިގައި ނިންމާފައި ވަނީ ފުލުހުން، މާމިގިލީ މެޖިސްޓްރޭޓް ކޯޓަށް އަމުރެއް ހޯދުމަށް ދިޔަ އިރު، ފުލުހުންނާ އެކު ދިޔަ އާއްމުންގެ މީހަކަށް އަމުރާ ގުޅޭގޮތުން ފަނޑިޔާރާ މުއާމަލާތުކުރުމުގެ ފުރުސަތު ނިހާން ދީފައިވާކަން ސާބިތުވާ ކަމަށް ކަމަށެވެ.
ޖޭއެސްސީން ބުނީ ނިހާނުގެ މި އަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.7 އަދި 3.1 އާ ހިލާފަށް ކޮށްފައިވާ އަމަލެއް ކަމަށެވެ.
އެހެންވެ، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، ނިހާނަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު