ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މިދިޔަ ހަފުތާގެ އަންގާރަ ދުވަހު މަރުވި ގދ. ހޯނޑެއްދޫ/ ސްވެން، އަބްދުﷲ ރަޝީދުގެ ޖަނާޒާ މިއަދު މަޣުރިބު ނަމާދަށްފަހު ބާއްވަން ނިންމައިފިއެވެ.
ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. އޭނާގެ ހަށިގަނޑު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ.
ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން އާއިލާއިން ދެކޮޅެވެ. އެހެންވެ ހަށިގަނޑު އާއިލާއާ ހަވާލުކުރަން ސިވިލް ކޯޓަށް މައްސަލަވެސް ވެއްދިއެވެ. ނަމަވެސް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ، ރަޝީދުގެ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށާއި އާއިލާއިން އެދުނު ގޮތަށް ޕޯސްޓްމޯޓަމް ނުހަދައި ހަށިގަނޑު ހަވާލުކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ރަޝީދުގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލު އެބައޮތް ކަމަށްބުނެ މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް މައްސަލަ ހުށަހަޅާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު