ހަ މަސްދުވަހުގެ ޒުވާބު ތަކަކަށްފަހު 44 ބިލިއަން ޑޮލަރަށް ޓުވީޓަރު މިހާރު އެވަނީ ގަނެ ނިމިފައެވެ. ޓުވީޓާ ގަތުމާއެކު އެލޮންމަސްކު އުޅޭ ގޮތުން ބައެއް މީހުން ސިފަ ކުރަނީ ބަގާވާތަކުން ވެރިކަން ވައްޓާލުމަށްފަހު ސަރުކާރު ހިންގަން އުޅޭ އުޅުމާއެވެ. އެ ގޮތުން ވެރިފައިޑް އެކައުންޓެއް ހޯދުމަށް ނުވަތަ މިހާރު ވެރިފައިޑް ޓުވީޓާ ގެންގުޅޭ ކޮންމެ މީހެއްގެ އަތުން މަހަކު 19.99 ޑޮލަރު ނަގަން ރާވާފައިވާ ކަމަށްވެސް އަޑު ފެތުރުނުވެ. ޓުވީޓާގެ ޑިރެކްޓަރުންގެ ބޯޑު އުވާލިއެވެ. މަތިފަޑީގެ އެންމެން ކަނޑައި ގެޔަށް ފޮނުވާލިއެވެ.
އެކި މީހުންގެ އެކިއެކި ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހުމުން އެލޮން މަސްކް އެކި ފަހަރު ދައްކަނީ އެކި ވާހަކައެވެ. މަސްކް އަންގާރަ ދުވަހު ބުނީ ޓުވީޓާގެ ސަބްސްކްރިޕްޝަން ހިދުމަތެއް ކަމަށްވާ "ޓުވީޓާ ބްލޫ" އިން މަހަކު 8 ޑޮލަރު ނަގަން ރާވާފައިވާ ކަމަށާއި މިހާރު އެކައުންޓް ވެރިފައި ކޮށްފައިވާ މީހުންވެސް ފައިސާ ދެއްކުމަށް 60 ދުވަސް ލިބޭނެ ކަމަށެވެ.
ސީއެންއެން އިން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓުވީޓާއިން މަސައްކަތް ކުރަނީ މިހާރު މަހަކު 4.99 ޑޮލަރަށް ވިއްކާ ސަބްސްކްރިޕްޝަން ޕްރޮޑަކްޓް އަޕްޑޭޓްކޮށް ވެރިފިކޭޝަން ފީޗާ ހިމަނާށެވެ އަދި 4.99 ޑޮލަރަށް މިހާރު ވިއްކާ ސަބްސްކްރިޕްޝަން ޕްރޮޑަކްޓަށް 19.99 ބޮޑު ކޮށްފާނެ ހަބަރާއެކު ޓުވީޓާ ބޭނުންކުރާތާ ގިނަ ދުވަސް ވީ ބައެއް މީހުންގެ މެދުގައި ރުޅިވެރިކަމާއި ފާޑު ކިއުން ބޮޑުވެ ޝަކުވާތައް އޮއްސާލިއެވެ. މި މީހުންހުގެ ތެރޭގައި މަޝްހޫރު ލިޔުންތެރިޔާ ސްޓީވަން ކިންގް ވެސް ހިމެނެ އެވެ. މަހަކު 20 ޑޮލަރަށް ބްލޫ ބެޖް ހޯދުން އޭނާ ސިފަކުރީ ބޮޑު ޖޯކެއްގެ ގޮތުގައެވެ.
އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެލޮން މަސްކް ކިންގްއަށް ޖަވާބުދެމުން ކޮށްފައިވަނީ ސުވާލެކެވެ.
"ޓުވީޓާ ހިންގުމަށް ފައިސާ ބޭނުންވާނެ. މަހަކަށް 8 ޑޮލަރު ދެއްކުން ރަނގަޅުވާނެ ތަ؟" އެލޮން މަސްކުގެ ޖަވާބުގައި ބުނެފައިވެއެވެ.
މި ވާހަކަތަކުން ހާމަވަނީ ޓުވީޓާ އެލޮން މަސްކް ގަތުމާއި އެކު، ދެއްކި ބޮޑު އަގު ހަމަ ކުރުމަށް އަވަސްވެފައިވާ މިންވަރު ކަމަށާއި ސަބަބަކީ މަސްކް ޓުވީޓާ ގަތީ އެކިއެކި މީހުން އަތުންވެސް ފައިސާ ނަގައިގެން ކަމަށް ވާތީއެވެ. އެހެން ކަމުން ވީ އެންމެ އަވަހަކަށް އެބައި ފޫބެއްދުމަށް އެލޮން މަސްކުގެ ވިސްނުން ހުރީ ޓުވީޓާއަކީ ބޮޑު ވިޔަފާރިއަކަށް ހެދުމަށް ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އެހެން ނަމަވެސް ލަސްތަކެއް ނުވެ ބުލޫ ބެޖް 8 ޑޮލަށް ވިއްކުމުގެ މަސައްކަތް ފައްޓާނެ ކަމަށް މިހާރު ވަނީ ޔަގީން ކުރެވިފައެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި