އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ވިއްކާ އިމާރާތްކުރުމަށް ބޭނުންކުރާ ދަގަނޑުގެ އަގު ހެޔޮކޮށްފިއެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނިން ވިއްކަމުންދާ ދަގަނޑުގެ ބާވަތްތަކުގެ އަގު އިއްޔެ އިން ފެށިގެން 14 ޕަސެންޓާ ހަމައަށް ހެޔޮކޮށްފައިވާ ކަމަށެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ވޭތުވެދިޔަ އަހަރުތަކުގައި ދުނިޔޭގެ އިގުތިސާދަށް އައި ލޮޅުމުގެ ސަބަބުން ތަކެތީގެ އަގުތައް އުފުލިގެން ދިޔަދިއުމުގައި ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންކުރާ ތަކެތީގެ އަގުގެ އިތުރުން ދަގަނޑުގެ އަގުތަކަށްވެސް ބޮޑު ބަދަލެއް އައެވެ.
ނަމަވެސް ރާއްޖޭގެ މާކެޓުގައި އަގުތައް ކޮންޓްރޯލްކޮށް، އެންމެ ކުޑަ އަގެއްގައި މުދާ ފޯރުކޮށްދިނުމަށް އެސްޓީއޯއިން މެދުނުކެނޑި މަސައްކަތްކުރިއެވެ.
އެސްޓީއޯއިން ބުނީ ސަޕްލައި ޗެއިންއަށް ދިމާވެފައިވާ ދަތިތަކުން މިހާރު އަރައިގަނެވެމުންދާ ކަމަށާއި އިމާރާތްކުރުމުގައި އެހެނިހެން ސާމާނުތަކަށްވެސް ކުރިއަށް އޮތް ތަނުގައި ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު