މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ރާއްޖެއަށް މިފަހަރު ކުރައްވަމުން ގެންދަވާ ދަތުރުގައި ދެއްވާ އެންމެ ފަހު ދަރުސް މިރޭ ހުޅުމާލޭގައި އޮންނާނެއެވެ.

މުފްތީ މެންކްގެ ދަރުސް އޮންނާނީ މިރޭ 8:45 ގައި ހުޅުމާލެ ސިންތެޓިކް ޓްރެކުގައެވެ. މިރޭގެ ދަރުސް ދެއްވާނީ އާއިލީ މައްސަލަތަކާ ކުރިމަތިލާނެ ގޮތްތަކާ ގުޅޭ ގޮތުންނެވެ.

މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ދަތުރުގައި މާލޭގެ އިތުރުން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ވަނީ ދަރުސް ދެއްވައިފައެވެ. މުފްތީ މެންކް ވަނީ މީގެ ކުރީން ހަތަރު ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެންފައެވެ.

ޒިމްބާބްވޭގެ ހަރާރޭއަށް އުފަން މުފްތީ މެންކަކީ ދުނިޔޭގައި މިހާރު ތިއްބެވި އެންމެ ނުފޫޒުގަދަ 500 އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.