ރާއްޖެއިން ތިން ގައުމަކަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ހ. ޖެހޭވައި/ އިބްރާހީމް ޝަހީބު އައްޔަންކުރަން ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލައިގައި ޝަހީބަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ޝަހީބަކީ ރާއްޖެއިން އިންޑިއާއަށް މިހާރު ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. އޭނާއަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވީ، ބޫޓާން، ނޭޕާލް އަދި އަޒަރުބައިޖާނަށް ރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރުމަށެވެ.

ޝަހީބަކީ ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީން މާސްޓާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޝަހީބަށް ރުހުންދޭން ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 49 މެންބަރުންގެ ތެރެއިން 46 މެންބަރުން ވޯޓު ދެއްވައިގެންނެވެ.